24 Nov 2018, 11:13
ނިކިލް އަދުވާނީ ހަދާ ކްރައިމް ތުރިލާ "ސުނޯ"ގައި ބަތަލާ ސޯނަމް ކުޅޭނީ ފުލުހެއްގެ ރޯލުކަމާށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމަށް ސޯނަމް މިހާރު ސޮއިކޮށްފައިވާކަން ކަށަވަރުވެފައިވާއިރު އެ ފިލްމުގެ ޝޫޓިންގެ މަސައްކަތް އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފިލްމުގެ އަންހެން ލީޑު ޔަގީންވި ނަމަވެސް ފިލްމުގެ ފިރިހެން ލީޑެއް އަދި ޔަގީނެއް ނުވެ އެވެ. ނިކިލް ބުނީ މި ފިލްމަކީ ކުރިން ވެސް ވަރަށް ހަދަން ބޭނުންވި ފިލްމެއް ކަމަށާއި މި ފިލްމުގެ ވާހަކައަކީ ވަރަށް ޝައުގުވެރި ވާހަކައެއް ކަމަށެވެ.
ސޯނަމް ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ ފެބްރުއަރީ އެކެއްގައި ރިލީޒް ކުރާ "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" އިންނެވެ.
އެ ފިލްމަކީ ބައްޕަ އަނިލް ކަޕޫރާ އެކު ސޯނަމް ބޮޑު ސްކްރީނުން ފެނިގެން ދާނެ ފުރަތަމަ ފަހަރެވެ.