24 Nov 2018, 11:09
އިނގިރޭސިވިލާތުގެ މަޝްހޫރު ޑީޖޭ ގާއި ޖޭމްސް ރޮބިން ނުވަތަ މަޝްހޫރު ނަމުން ނަމަ ޖޯނަސް ބުލޫގެ ޓުއާއެއް އަންނަ މަހު އިންޑިއާގައި އޮންނާ އެވެ.
އޭނާގެ އަލްބަމް "ބުލޫ" ޕްރޮމޯޓްކުރުމަށް އެ ޓުއާ ބާއްވާއިރު އިންޑިއާގެ މުމްބާއީގައި އޭނާ ވަނީ ޕަފޯމްކުރަން ހަމަޖެހިފަ އެވެ. އަންނަ މަހުގެ 13 ވަނަ ދުވަހު ޖޯނަސްގެ ޝޯ އޮންނާނީ މުމްބާއީގެ ހައި ސްޓްރީޓް ފީނިކްސްގައި ކަމަށް ޚަބަރުތައް ބުނެ އެވެ.
އިންޑިއާގައި އިވެންޓް އިންތިޒާމު ކުރާ ސަންބާންގެ ސީއީއޯ ކަރަން ސިންގް ބުނީ ޖޯނަސްގެ ފޭނުން އިންޑިއާގައި ވަރަށް ގިނަ ކަމަށާއި އޭނާ އަށް އެކަށީގެންވާ ތަރުހީބު ލިބިގެންދާނެ ކަމަށެވެ.
މި ޓުއާގެ ސަބަބުން އޭނާގެ މިއުޒިކީ ކެރިއަރު އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށާއި މިއީ އޭނާ އިންޑިއާއަށް ދަތުރުކުރާ ފުރަތަމަ ފަހަރު ވެސް ކަމަށެވެ.
#Blueis OUT NOW!
So excited to finally share my debut album with you all ????https://t.co/nMrdY8UwSGpic.twitter.com/8AJEvsz55w— Jonas Blue (@JonasBlue)November 9, 2018
ޖޯނަސް ކުރި ޓްވީޓްގައި ބުނީ ޝޯއަށް ކެތްމަދުވެފައިވާ ކަމަށާއި ސަޕޯޓަރުންގެ ސަޕޯޓް އެންމެ ފުރިހަމައަށް ލިބޭނެ ކަމަށް އުންމީދުކުރާކަމަށެވެ.
"ވަރަށް ދުވަސްވެއްޖެ އިންޑިއާއަށް ދާ ހިތުން އުޅޭތާ. މި ދަތުރުގައި ތާޖް މަހަލް ބަލާލަން ވެސް ދާނަން،"