ފެށޭ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 29.6 ބިލިއަން ރުފިޔާގެ ބަޖެޓަށް އިތުރުކޮށް، 30.3 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ބަޖެޓް ދިރާސާ ކުރާ ކޮމިޓީން ފާސްކޮށްފިއެވެ.

ބަޖެޓު ދިރާސާކުރި ކޮމިޓީން ވަނީ ބަޖެޓަށް ބަދަލުތައް ގެނައުމުގެ ކުރިން، ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކޮށް ހިޔާލު ހޯދައިފައެވެ.

އެގޮތުން ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އަދި މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ބައެއް ވެރިން ކޮމިޓީއަށް ހާޒިރުކޮށް ހިޔާޅު ހޯދިއެވެ.

މިހާތަނަށް ރާއްޖޭގައި ހުށަހެޅި އެންމެ ބޮޑު ބަޖެޓް މި ހުށަހެޅީ މިފަހަރުއެވެ. ރައީސް ޔާމީންގެ ސަރުކާރުން ވޭތުވެ ދިޔަ އަހަރަށް ފާސްކޮށްފައިވަނީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.