ތަފާތު ރީތި ކުލަތަކާއެކު ކުރީދޫގެ ކަލާރަން މިއަހަރުވެސް ބާޢްވައިފިއެވެ.

މިއަދު ހަވީރު ހަތަރެއް ޖެހިއިރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފެށި މި ދުވުމުގައި ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމާއި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދުގެ އިތުރުން ސައިންސް އެންޑް ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އުރީދޫ ކަލާރަން -- ފޮޓޯ: އުރީދޫ

ފަސް ކިލޯ މީޓަރުގެ މި ދުވުމުގައި ކުޑަކުދިން ގޮވައިގެން ބެލެނިވެރިން ވަނީ ބައިވެރިވެފައެވެ. އާއިލީ ހަަރަކާތެއްގެ ގޮތުގައި ފެނިގެންދިޔަ ކަލާރަން ފުރިހަމަކުރި ކޮންމެމީހަކަށް އުރީދޫއިން ވަނީ ދުވުން ކާމިޔާބުކުރިކަމުގެ މެޑެލްއެއް ދީފައެވެ.

ބޮޑު ފެސްޓިވަލެއްގެ ގޮތަށް ކުރިއަށް ގެންދިޔަ ކަލާރަންގައި ބައިވެރިވި މީހުންގެ ތެރެއިން އެންމެ އެންޓަޓެއިނިން ރަނާ އަދި އެންމެ ބެސްޓް ކޮސްޓިމް ވަނީ ހޮވައިފައެވެ.

އުރީދޫ ކަލާރަން -- ފޮޓޯ: އުރީދޫ

އުރީދޫ އިން ބުނީ މިއަހަރުގެ ދުވުމުގައި 5000އަށް ވުރެ ގިނަ މީހުން ބައިވެރިވިކަމަށެވެ.

މިއީ ކަލާ ރަން ބޭއްވި ދެވަނަ އަހަރެވެ.