ނަވާރަސަތޭކަ ނުވަދިހަ ހަތަރުވަނަ އަހަރު ރިލީޒްކުރި ކާޓޫން "ލަޔަން ކިންގް"ގެ ރީމޭކްގެ ޓީޒާ ޓްރެއިލާ ރިލީޒްކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުން މި ފިލްމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުއެވެ.

ޖުލައި މަހުގެ 19 ވަނަ ދުވަހު ފިލްމު ރިލީޒްކުރާއިރު ފިލްމުގެ ޓްރެއިލާ މިވަނީ އާންމުކޮށްފައެވެ.

ޖޯން ފެވްރޫ ޑައިރެކްޓްކޮށް އުފައްދާ މި ފިލްމަކީ ވޯލްޓް ޑިޒްނީ ޕިކްޗާސްއިން ގެނެސްދޭ ފިލްމެކެވެ.

ފިލްމުގެ ޓްރެއިލާ އާންމުކުރި ހިސާބުން ޓްރެއިލާއަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ފިލްމުގެ ޓްރެއިލާ އަށް 24 ގަޑި އިރު ވެސް ނުވަނީސް އެ ޓްރެއިލާ އަށް ވަނީ ނުވަ މިލިއަން އަށް ވުރެ ގިނަ ވިއުސް ލިބިފައެވެ.

ފިލްމުގެ ކެރެކްޓާސްތަކަށް އަޑުއަޅައިދޭނެ ބައެއް ތަރިންނަކީ ލަވަކިޔުންތެރިޔާ ބިޔޯންސޭ، އެރިކް އެންޑްރޭ، ޗައިލްޑިޝް ގެމްބީނޯ، ސެތް ރޯޖެން އަދި ޖޯން ކާނިއެވެ.

ފިލްމުގައި ސިމްބާގެ އަޑު އަޅައިދޭނީ ޗައިލްޑިޝް ގެމްބީނޯ އެވެ. އަދި ނާލާގެ އަޑުއަޅާދޭނީ ބިޔޯންސޭއެވެ.