22 Nov 2018, 22:48
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ފޮރިން ސެކްރެޓަރީ ކަމަށް މއ.އަތަމާވިލާ، އަބްދުލްޣަފޫރު މުހައްމަދު، ހަމަޖައްސަވައިފިއެވެ.
އަބްދުލްޣަފޫރު ފޮރިން ސެކްރެޓަރީ ކަމަށް ހަމަޖެއްސެވީ އިއްޔެ އެވެ.
އަބްދުލްޣަފޫރު ފޮރިން ސެކްރެޓަރީ އަކަށް ރައީސް ސޯލިހް އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓް މިނިސްޓަރު ފެންވަރުގައެވެ.
އަބްދުލްޣަފޫރު ވަނީ ޑިޕްލޮމަސީ ދައިރާގެ ވަރަށް ގިނަ މަގާމުތައް ފުރުއްވާފައެވެ. 1983 ވަނަ އަހަރުން ފެށިގެން ފޮރިން މިނިސްޓްރީގެ ޕްރޮގްރާމް އޮފިސަރަކުން ވާޒީފާ ފެއްޓެވި، އަބްދުލްޣަފޫރު ވަނީ އެ މިނިސްޓްރީގެ ގިނަ މަގާމުތަކެއް ފުރުއްވާފައެވެ.
އެގޮތުން ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމާއި ޑިރެކްޓަރު ކަމުގެ މަގާމާއި އަދިވެސް އިތުރު މަގާމުތަކެއް އޭނާ ފުރުއްވި އެވެ. މީގެ އިތުން ޖެނީވާ އަދި ނިޔޯކްގެ އެމްބަސަޑަރު ކަމާއި ލަންކާ އަދި މެލޭޝިއާގެ ޑެޕިއުޓީ އެމްބަސަޑަރުކަން ވެސް އެނާ ފުރުއްވި އެވެ.
ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި ހުންނަ ސާކްގެ ރާއްޖޭގެ ފަރާތުން ހުންނަ ތާޑް ސެކެޓްރީ ކަމުގެ މަގާމާއި އދ. އިން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބުކަން ވެސް އެނާ އަދާކުރެއްވިއެވެ.
ފޮރިން ސެކްރެޓަރީ އަކަށް އަބްދުލްޣަފޫރު އައްޔަން ކުރެއްވި އިރު، މިހާތަނަށް އެ މަގާމު ފުރުއްވީ އަހްމަދު ސަރީރެވެ.