އަންނަ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ، ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިޚާބުގައި، މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރަން މޯލްޑިވްސް ޑިވެލޮމްޕަންޓް އެލަޔަންސް (އެމްޑީއޭ)އިން ނިންމައިފި އެވެ.

އެމްޑީއޭއިން މިގޮތަށް ނިންމީ މިއަދު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއިންނެވެ.

އެމްޑީއޭގެ އޮފިޝަލަކު ސަންއަށް ވިދާޅުވީ އެގޮތަށް ފާސްކުރީ މިއަދު ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މަޖިލިސް އިންތިހާބާ ބެހޭ ކުޑަ ކޮމިޓީއަކާ އެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެމްޑީއޭގެ ޓިކެޓް ދޭނެ ގޮތް ފަހުން އިއުލާން ކުރާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.