22 Nov 2018, 18:44
ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ސިއްދީގަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީ އެކްޓިވިސްޓް އަލީ ހާޝިމް (ސްމިތު) ދޫކޮށްލައިފިއެވެ.
ސްމިތު މިއަދު ދޫކޮށްލާފައިވާއިރު، އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ އިއްޔެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އޭނާ ދޫކޮށްލުމަށް މިއަދު ފުލުހުންނަށް ގޮވާލައްވާފައެވެ. އަދި އެމްޑީޕީން މިއަދު ވަނީ އޭނާ ދޫކޮށްލުމަށް ގޮވާލައި މުޒާހަރާ ވެސް ކޮށްފައެވެ.