ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސްޓޭޓް މިނިސްޓަރު ކަމަށް ތިން ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފިއެވެ.

މިއަދު އައްޔަން ކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އަޙްމަދު ޚަލީލް އާއި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ނީޒާ އިމާދު އަދި އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް މުހައްމަދު ތޯރިގެވެ.

އެ ބޭފުޅުންގެ އިތުރުން ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް މިއަދު ވަނީ އަކްރަމް ކަމާލުއްދީން އައްޔަން ކުރައްވާފައެވެ.