22 Nov 2018, 16:24
ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އައްޔަން ކުރައްވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޝިފާޒަށް މަގާމުގެ ފަތްކޮޅު ދެއްވާފައެވެ.
ޝިފާޒަކީ ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ތިން ވަނަ ބޭފުޅާއެވެ. އޭނާގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރުންގެ ގޮތުގައި ތިއްބަވަނީ އަލީ ޝިޔާމް އާއި އަޙްމަދު ނަސީމެވެ.