22 Nov 2018, 16:24
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބަކަށް ވިޔަފާރިވެރިޔާ އަދި ކުރީގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރު އައްޔަން ކުރައްވައިފި އެވެ.
ރައީސް ސޯލިހުގެ ހާއްސަ މަންދޫބަކަށް ޖާބިރު އައްޔަން ކޮށްފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ޖާބިރަކީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެވެސް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ.
ޖާބިރު ވަނީ މި ފަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ކާށިދޫ ދާއިރާއަށް ވާދަކުރައްވާނެ ކަމަށް އިއުލާނުކޮށްފަ އެވެ. އަދި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ކަމަށް ޝައުގުވެރިކަން ވެސް ފާޅު ކުރި އެވެ.
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި ޖާބިރަކީ މިފްކޯގެ މެނޭޖިގް ޑިރެކްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.