ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސެކްރެޓަރީއަކަށް އެމަނިކުފާނުގެ ކޮއްކޯފުޅު ފާތިމަތު މުހައްމަދު ސޯލިހު، އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ ސެކްރެޓަރީ އަކަށް އެމަނިކުފާނުގެ ކޮއްކޯފުޅު ނަޒްރާ ނަސީމް ހަމަޖައްސަވައިފި އެވެ.

ފާތުމަތު މުހައްމަދު ސޯލިހު ވަނީ ކުރީގެ ރައީސުން ކަމަށްވާ މައުމޫނު އަބްދުލްގައްޔޫމާއި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ސެކްރެޓަރީކަން ކުރައްވައިފަ އެވެ.

ނައިބު ރައީސްގެ ކޮއްކޯފުޅު، ނަޒްރާ ނަސީމް އަކީ ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފުގެ އަނބިކަނބަލުން ވެސްމެ އެވެ. ނަޒްރާ ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ވެސް ނައިބު ރައީސް ފައިސަލްގެ ސެކްރެޓަރީކަމުގެ މަގާމު އަދާކުރައްވައިފަ އެވެ. ފައިސަލްގެ އަރިހުގައި ކެމްޕެއިން ދަތުރުފުޅުތަކުގައި ނަޒްރާ ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރައީސް އާއި ނައިބު ރައީސްގެ ސެކްރެޓަރީންގެ މަސްއޫލިއްޔަތަކީ އެޕޮއިންޓުމެންޓުތަކާއި މީޓިންތައް ހަމަޖެއްސުން ފަދަ މަސައްކަތްތަކެވެ.