22 Nov 2018, 14:56
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މެނޭޖިންގް ޑިރެކްޓަރުކަމުގައި ހުންނެވި މުހައްމަދު ޝިފާއު، އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ޝިފާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝިފާއު އިސްތިއުފާދެއްވާފައި ވަނީ މިއަދު ކަމަށާއި، އޭނާގެ އިސްތިއުފާ، ޕީސީބީން ގަބޫލުކޮށްފައިވާ ކަމަށެވެ.
ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރުކަމަށް ޝިފާއު އައްޔަނުކުރީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހުއެވެ.
ވެމްކޯއަކީ ކުނި މެނޭޖުކުރުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. އެކުންފުނިން ކުނި މެނޭޖުކުރުމުގެ ހިދުމަތް ދޭންފެށީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.
މާލެ ސަރަހައްދުގެ އިތުރުން އައްޑޫ ސިޓީގައިވެސް ވެމްކޯ އިން ދަނި ކުނި މެނޭޖުކުރުމުގެ ހިދުމަތް ދެމުންނެވެ.