22 Nov 2018, 12:11
އެމްއެންޑީއެފް ކޯސްޓްގާޑާ އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓްގާޑް ގުޅިގެން ހިންގާ "ޓްރަައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ 14" މިމަހުގެ 26 ވާ ހޯމަ ދުވަހު ފައްޓަން ނިންމައިފި އެވެ.
އެ އެކްސަސައިޒް ކުރިއަށްގެންދާނީ މިމަހުގެ 26 އަދި 27 ގައެވެ.
ރާއްޖެ އާއި އިންޑިއާ އަދި ސްރީލަންކާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރުށް ހަރުދަނާ ކޮށް ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ޤައުމު ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ދަސްކުރުމުގެ މަގްސަދުގައި ބާއްވާ މި އެކްސަސައިޒްގެ އަމަލީ ފަރިތަކުރުންތައް ކުރިއަށްގެންދާނީ މިމަހުގެ 27 ވަނަ ދުވަހު މާލެ އާއި މާލެ ކައިރި ކަނޑުގެ ސަރަހައްދުގަ އެވެ.
މިއަހަރު ބާއްވާ މި އެކްސަސައިޒްގައި އިންޑިއާ ނޭވީގެ ދެ މަނަވަރާއި ސްރީލަންކާ ނޭވީގެ މަނަވަރެއް ބައިވެރިވާނެ އެވެ.
އެކްސަސައިޒް ދޯސްތީ އަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަން ފަށާފައިވާ އެކްސަސައިޒެކެވެ.
މި އެކްސަސައިޒްގައި ސްރީލަންކާ ބައިވެރިވެފައި ވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. މި އެކްސަސައިޒް އެންމެ ފަހުން ބާއްވާފައި ވަނީ 2016 އޮކްޓޯބަރުގަ އެވެ.