28 Sep 2011, 09:58
މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް ހުރި 83 ޕެކެޓާއެކު އައްޑޫ ސިޓީގެ މަރަދޫން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ ފިރިހެނެކެވެ. މި މަހުގެ 22 ވަނަ ދުވަހުގެރޭ 11:00 ހާއިރު ފުލުހުން ހައްޔަރު ކުރި އެ މީހާއާބެހޭ އިތުރު ތަފުސީލެއް ނުދެ އެވެ.
މަސްތުވާތަކެތި ކަމަށް ބެލެވޭ 83 ރަބަރު ޕެކެޓްގެ ތެރެއިން 11 ޕެކެޓް ފެނިފައި ވަނީ އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި މީހާގެ އަތުންނެވެ. އަދި އަނެއް 72 ޕެކެޓް ފެނުނީ އޭނާ ދިރިއުޅެމުން އަންނަ ގެ ބަލައި ފާސްކުރި ކުރުމުގެ ތެރޭގަ އެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު ވަރަށް އަވަހަށް ޕީޖީއަށް ފޮނުވާނެ ކަމަށެވެ.