21 Nov 2018, 18:48
ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަށް މަދުވެގެން 500،000 ރުފިޔާ ދިނުމަށް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ފާސް ކޮށްފި އެވެ.
ކުޅިވަރު އެސޯސިއޭޝަންތަކަށް މަދުވެގެން 500،000ަ ރުފިޔާ ދިނުމަކީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުގައި 100 ދުވަހުގެ ތެރޭގައި ކުރަން ވައުދުވި ކަމެކެވެ.
އެ ވައުދު ފުއްދާފައިވާކަން ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފު ވަނީ މިއަދު އިއުލާނު ކުރައްވާފަ އެވެ. މަހްލޫފު ވިދާޅުވީ ރައީސްގެ އެދިވަޑައިގަތުމާ އެއްގޮތަށް އެކަން ބަޖެޓްކޮށް ސްޕޯޓްސް ކައުންސިލުން މިއަދު އެކަން ފާސްކޮށްފައިވާ ކަމަށެވެ.
Alhamdhulillahi.
Hurihaa Qaumee Kulhivaru Association thakah aharaku madhuvegen 500000/- Rufiyaa ge budget eh dhevvumah Raeesuljumhooriyya@ibusolihvevadaigennevi vaudhu fuhdhavaifi.
Budget koh adhi Raees ge edhivadaigathumaa ehgothah Sports Council inn miadhu vanee faaskoffa.pic.twitter.com/uotWAho1Hh— Ahmed Mahloof (@AhmedMahloof)November 21, 2018
ކުޅިވަރުގެ ދާއިރާ އިން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ރާވާފައިވާ އެހެން ކަންކަމަށް ބަލާއިރު، ކޮންމެ ރަށެއްގައި ކުޅިވަރު ކައުންސިލެއް އުފެއްދުމާއި، މުޅި ރާއްޖޭގެ ކުޅިވަރު އޯޑިޓެއް ހެދުމާއި، މޫދު ކުޅިވަރުގެ ކޮންވެންޝަނެއް ބޭއްވުމާއި، ފިރިހެން އަދި އަންހެން ޓީމަށް ދެވޭ އެލެވެންސްގައި ހުރި ފަރަގާއި ގައުމީ ޓީމުތަކަށް ދެވޭ އެލެވެންސްގެ ފަރަގު ނައްތާލުން ހިމެނެެވެ.
މީގެ އިތުރުން، ދާދި ފަހުން މާލޭގައި ބޭއްވި ދުޅަހެޔޮ ހަށިހެޔޮ އީދު މުޅި ރާއްޖޭގައި ބާއްވަން ވަނީ ރާވައިފަ އެވެ. އެ ހަރަކާތް ކުޅިވަރު އެސޯސިއޭޝަންތަކާއި އާންމުން ގުޅިގެން ބޭއްވީ މިދިޔަ އާދިއްތަ ދުވަހާއި ހޯމަ ދުވަހު އެވެ.