21 Nov 2018, 09:48
ޓޫރިޒަމް ދާއިރާގެ ސްޓޭކްހޯލްޑަރުންނާއި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ބައްދަލުކުރައްވައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޑިރެކްޓަރު މުހައްމަދު ހައްސާން "ސަން"އަށް ވިދާޅުވީ މިނިސްޓަރު މަސައްކަތަށް ނުކުންނެވުމާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކްހޯލްޑަރުންނާއި ބައްދަލުކޮށް ދާއިރާ އާ ބެހޭ ކަންތައްތައް ހިއްސާކުރި މިނިސްޓަރު ކަމަށެވެ.
މި ބައްދަލުވުމުގައި ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ ހިޔާލު ބަދަލުކޮށް މި ދާއިރާގެ މުސްތަގްބަލާ މެދު ވާހަކަ ދެއްކި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދާއިރާ އާ ބެހޭ ވާހަކަ ދެއްކީ. ހިޔާލު ބަދަލުކޮށްލާ. މިދާއިރާގެ އުންމީދުތަކަކީ ކޮބައިތޯ ބެއްލެވީ. އަނެއްހެން ވަކި ކަމެއް ނުނިންމާ،"
އެ ބައްދަލުވުމުގައި ގިނަ އަދަދެއްގެ ވިޔަފާރިވެރިން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ޗަމްޕާ ހުސައިން އަފީފާއި އެމްޑީއޭގެ ލީޑަރު އަދި މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު މަޖިލީހުގެ ރައީސް ގާސިމްގެ ދަރިކަލުން ސިޔާދު ގާސިމް ފަދަ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.