21 Nov 2018, 09:07
ދުނިޔޭގެ ވިޔަފާރި ޖަމްއިއްޔާ (ޑަބްލިއުޓީއޯ) އިން ޗައިނާ ބޭރުކުރުމަށް އެމެރިކާއިން ހިޔާލުފާޅުކޮށްފިއެވެ.
އެމެރިކާގެ ކައުންސިލް އޮފް އިކޮނޮމިކް އެޑްވައިޒާސްގައި ހިމެނިވަޑައިގަންނަވާ އެޑްވައިޒަރު ކެވިން ހެސެޓް ބީބީސީއަށް ވިދާޅުވީ ޑަބްލިއުޓީއޯގެ މެންބަރެއްގެ ގޮތުގައި އޮވެ، ޗައިނާ އިން އުސޫލުތަކާ ހިލާފުވެފައިވާކަމަށެވެ.
ޑަބްލިއުޓީއޯއިން އެމެރިކާ ފެއިލްކޮށްލާފައިވާކަމަށްވެސް ކެވިން ތުހުމަތު ކުރެއްވިއެވެ. ނަމަވެސް އެމެރިކާގެ އިންޓަނެޝާނަލް ޓްރޭޑް ވަރުގަދަ ކުރުމަށް ރައީސް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން އެމެރިކާ އަށް ގެއްލުމެއް ނެތްކަމަށް ކެވިން ވިދާޅުވިއެވެ.
އެމެރިކާއަށް ގެންލުން ނުދީ، ޑަބްލިއުޓީއޯގެ ސިޔާސަތުތަކާ ފުށޫއަރާގޮތަށް އަމަލުރާ ގައުމުތަކާމެދު ފިޔަވަޅު އެޅުމަށް ކެވިން ވަނީ ގޮވާލައްވައިފައެވެ.