21 Nov 2018, 08:54
ސާޖިދު ޚާން ޑައިރެކްޓްކޮށް އުފައްދާ ފްރެންޗައިޒް ފިލްމު "ހައުސްފުލް 4" ގެ ޝޫޓިން ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
އަކްޝޭ ކުމާރު ކުރި ޓްވީޓްގައި ބުނީ ފިލްމުގެ ޝޫޓިންގެ މަސައްކަތް ނިންމާލާފައިވާ ކަމަށާއި އަންނަ އަހަރު ފެންނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަކްޝޭ ކުރި ޓްވީޓްގައި ވަނީ ފިލްމުގެ ހުރިހާ ތަރިން އެކުގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ.
ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެންދާނީ އަކްޝޭ ކުމާރު، ރިތޭޝް ދޭޝްމުކް އަދި ބޮބީ ޑިއޯލް އެވެ.
While we have called it a 'wrap’ for#Housefull4, fun never ends..See you all in 2019!@Riteishd@kritisanon@kriti_official@thedeol@hegdepooja@RanaDaggubati@ChunkyThePanday@farhad_samji#SajidNadiadwala@foxstarhindi@NGEMovies@WardaNadiadwalapic.twitter.com/XVBV0uiio1
— Akshay Kumar (@akshaykumar)November 20, 2018
އަކްޝޭ ކުރިން ބުނެފައި ވަނީ އެ ސީރީޒްގެ އެހެން ފިލްމުތަކަށް ވުރެ "ހައުސްފުލް 4" ހަތަރު ގުނަ މަޖާވާނެ ކަމަށެވެ. އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ފިލްމު ރިލީޒް ކުރަން ނިންމައިފައި ވާއިރު، ފިލްމުގެ ކާސްޓުގެ ތެރޭގައި ޗަންކީ ޕާންޑޭ، ބޯމާން އިރާނީ، ކްރިތީ ސެނަން އަދި ޕޫޖާ ހެޖް ހިމެނެއެވެ.
"ހައުސްފުލް 3" ރިލީޒްކުރީ 2016 ވަނަ އަހަރުއެވެ. 'ހައުސްފުލް'ގެ ފުރަތަމަ ފިލްމު ރިލީޒް ކުރީ 2010 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ.