21 Nov 2018, 08:49
އިންޑިއާގެ ދަރަނިވެރިވެފައިވާ ދަނޑުވެރިންގެ 40 މިލިއަން ރުޕީސް ނުވަތަ ފަސް ލައްކަ އެމެރިކާ ޑޮލަރުގެ ލޯނު ބޮލީވުޑްގެ ރަސްގެފާނު އަމީތާބް ބައްޗަށް ދައްކައިފީ ހަލާސްކޮށްފިއެވެ.
އަމީތާބް މިއަދު އޭނާގެ ބްލޮގުގައި ބުނީ 1398 ދަނޑުވެރިންގެ ލޯނު ދައްކައިދީފައިވާ ކަމަށެވެ. އެ ދަނޑުވެރިންގެ ލޯނުތައް ދައްކައިދީފައިވާތީ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށްވެސް އަމީތާބް ބުންޏެވެ.
އަމިތާބް މުޅިންވެސް ލޯނު ދައްކައިދީފައިވަނީ އޭނާގެ އުފަން ރަށް އުުއްތަރު ޕްރަދޭޝްގެ ދަނޑުވެރިންނަށެވެ.
މިއަހަރުގެ ކުރީކޮޅުވެސް އަމީތާބް ވަނީ މުމްބާއީގެ 350 ދަނޑުވެރިއެއްގެ ލޯނު ދައްކައިދީފައެވެ.
އިންޑިއާގެ ދަނޑުވެރިން ދަރަނިވެރިވުމުގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެކެވެ. ނަވާރަ ސަތޭކަ ނުވަދިހަ ފަހަކުން ފެށިގެން މިހާތަނަށް 300،000 ދަނޑުވެރިން ލޯނުތައް ނުދެއްކިގެން އަމިއްލައަށް ވަނީ މަރުވެފައެވެ. އަދި އެތަކެއް ހާސް ދަނޑުވެރިންނެއް ފަަހަކަށް އައިސް ދަނީ އަމިއްލައަށް މަރުވާނެކަމުގެ އިންޒާރު ދެމުންނެވެ.
އިންޑިއާގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ ދަނޑުވެރިންނެވެ. ނަމަވެސް އިގްތިސާދީ ގޮތުން ބަލާއިރު ދަނޑުވެރިކަން ޖީޑީޕީގައި ހިއްސާ ކުރަނީ އެންމެ 15 ޕަސެންޓެވެ.
ބޮލީވުޑްގައި އުފެދުނު އެންމެ ކުޅަދާނަ އެކްޓަރު އަމީތާބް ބައްޗަން މިހާތަނަށް 190 ފިލްމު ވަނީ ކުޅެފައެވެ.