20 Nov 2018, 16:57
އިތުރު އެއްވެސް ޕާޓީއަކާ ގުޅިވަޑައިނުގަންނަވާނެ ކަމަށާއި އަބަދުވެސް ހުންނަވާނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަހަތްޕުޅުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ވައްޑޭ ވިދާޅުވީ ރައީސް މައުމޫނަށް ކުރިމަތިވެވަޑައިގެންނެވި، ހިތްދަތި އަދި އުފާވެރި ވަގުތުގައި ވެސް ދެގޮތެއްނުވެ، މިއަދާ ހަމައަށް އެމަނިކުފާނާ އެކު ހުންނެވީ ވަފާތެރިކަމާއި އިޚްލާސްތެރިކަމާއެކު ކަމަށެވެ. އަދި ދެންވެސް ހުންނަވާނީ އެގޮތުގައި ކަމަށް ވައްޑޭ ވިދާޅުވިއެވެ.
Raees uz.@maumoonagayoomah kurimathive vadaigennevi Hiydhathi,adhi ufaaveri vaguthugai ves Dhegotheh nuve,mi adhaa hamayah ves mihuree,ikhlaastheri kamaai,vafaatheri kamuga, raees uz.@maumoonagayoomeku.
IA Dhenves hunnaanee hama e gothuga raees uz.@maumoonagayoomaa eku.pic.twitter.com/Rik00B5M32— PPM Waddey (@Lawyer_Waddey)November 20, 2018
ވައްޑޭ "ސަން" އަށް ވިދާޅުވީ އެއްވެސް ސަބަބަކާ ހުރެ އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅިވަޑައިނުގަންނަވާނެ ކަމަށެވެ.
ވައްޑޭގެ ޓްވީޓަށް އިޝާރާތް ކުރައްވައި ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އަކީ ދުވަހަކު ދެގޮތެއްނުވާ ގައުމަށް އިޚްލާސްތެރި ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަށް ކޮށްދެއްވާ ވަރުގަދަ ތާއީދަށްޓަކައި ރައީސް މައުމޫން ވަނީ ވައްޑެއަށް ޝުކުރު ދަންނަވާފައެވެ.
ވައްޑެ އަކީ ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ރައީސް މައުމޫންގެ ބެލުމުގެ ދަށުން ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުން އައްޔަން ކުރައްވާފައިވާ ބޭފުޅެކެވެ.