20 Nov 2018, 14:25
އަޓަލީގެ ލޭކް ކޮމޯގައި މިދިޔަ ބުދަ ދުވަހު ކައިވެނި ކުރި ބޮލީވުޑްގެ ދެ ތަރީން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރް ސިންގް އެމީހުންގެ ފުރަތަމަ ރިސެޕްޝަން ޕާޓީ ބޭއްވުމަށް ބެންގަލޫރަށް ހިނގައްޖެއެވެ.
އެ ދެ ތަރީން މިއަދު ހެނދުނު ބެންގަލޫރަށް ދަތުރު ފެށުމަށް ގޮސް މުމްބާއީ އެއާޕޯޓުގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެ ދެ ތަރީން ބެންގަލޫރަށް ގޮސްފައިވަނީ ވަރަށް ހެނދުނުގެ ފްލައިޓަކުންނެވެ.
އެއާޕޯޓުގައި ތިއްބައި ނަގާފައިވާ ފޮޓޯގައި ރަންވީރް ކުރުތާއެއް ލައިގެން ހުރި އިރު ދީޕިކާ ހުރީ ކަކުލާ ހަމަޔަށް އަރާ ވަށްތިރި ހުދުކުލައިގެ ހެދުމެއް ލައިގެންނެވެ. އަދި އަގުބޮޑު މަންގަލްސުތުރާ ދީޕިކާގެ ކަރުގައި އަޅާފައި އޮތެވެ.

ދީޕިކާ އާއި ރަންވީރް ބެންގަލޫރަށް ދިޔުމަށްޓަކައި މުމްބާއީ އެއާޕޯޓުގައި ތިއްބާ...
ރަންވީރް އާއި ދީޕިކާގެ އިތުރު ރިސެޕްޝަން ޕާޓީ އެއް މުމްބާއީގައި ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގައި ގިނަ އަދަދެއްގެ ފިލްމީ ތަރިން ވެސް ބައިވެރިވާނެއެވެ.
ބެންގަލޫރުގައި ޕާޓީ ބާއްވަން އެ ދެ ތަރީން ގޮސްފައިވާއިރު އިޓަލީގައި ވެސް ކުލަގަދަކޮށް ހަފުލާތައް ވަނީ ބާއްވާފައެވެ. އަދި މުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕާޓިއަށް ވެސް ދަނީ ބޮޑެތި ތައްޔާރީތަކެއް ވަމުންނެވެ. ބެންގަލޫރުގައި ބާއްވާ ޕާޓީ ނިންމުމަށްފަހު ދީޕިކާ އާއި ރަންވީރް އެނބުރި މުމްބާއީ އަށް އަންނާނެ ދުވަހެއް އަދި ނޭނގެއެވެ.