ނަވާރަސަތޭކަ ނުވަދިހަ ހަތަރުވަނަ އަހަރު ރިލީޒްކުރި ކާޓޫން "ލަޔަން ކިންގް"ގެ އަސްލަށް ބަލައިގެން ފިލްމެއް ހެދުމަށް ނިންމައިފިއެވެ.

ބޭރުގެ ރިޕޯޓްތައް ބުނާގޮތުގައި މި ފިލްމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގައެވެ.

އަންނަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު ފިލްމު ރިލީޒްކުރާއިރު ފިލްމުގެ ޓީޒާކޮޅެއް ވެސް ވަނީ އާންމުކޮށްފައެވެ.

ޖޯން ފެވްރޫ ޑައިރެކްޓްކޮށް އުފައްދާ މި ފިލްމަކީ ވޯލްޓް ޑިޒްނީ ޕިކްޗާސްއިން ގެނެސްދޭ ފިލްމެކެވެ.

ފިލްމުގެ ކެރެކްޓާސްތަކަށް އަޑުއަޅައިދޭނެ ބައެއް ތަރިންނަކީ ލަވަކިޔުންތެރިޔާ ބިޔޯންސޭ، އެރިކް އެންޑްރޭ، ޗައިލްޑިޝް ގެމްބީނޯ، ސެތް ރޯޖެން އަދި ޖޯން ކާނި އެވެ.

ފިލްމުގައި ސިމްބާގެ އަޑު އަޅާދޭނީ ޗައިލްޑިޝް ގެމްބީނޯ އެވެ. އަދި ނާލާގެ އަޑުއަޅާދޭނީ ބިޔޯންސޭއެވެ.