19 Nov 2018, 12:34
ދުނިޔޭގައި މިހާރު އާންމުވަމުންދާ ކެންސަރުގެ ބާވަތެއް ކަމަށްވާ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު (ސަވައިކަލް ކެންސަރު)އިން ދިފާއުވުމުގެ ގޮތުން ރާއްޖޭގައި ވެކްސިން ދޭން ނިންމައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގެ ހުވާ ކުރައްވައި މަގާމާ ހަވާލުވެވަޑައިގެންފައިވާއިރު، ކުރިއަށް އޮތް 100 ދުވަސްތެރޭ ކުރައްވާނެ ކަންތައްތައް މިހާރު ވަނީ ހާމަކޮށްފައެވެ.
އެގޮތުން ސިއްހީ ނިޒާމް ހަރުދަނާކޮށް ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުން ދިފާއުވުމުގެ ގޮތުން އުމުރުން އަހަރާއި 13 އަހަރުގެ އުމުރުފުރާގެ އަންހެން ކުދިންނަށް އެޗްޕީވީ ވެކްސިން ކުރިއަށް އޮތް ތިން މަސް ތެރޭ ތައާރަފްކުރެވޭނެ ކަމަށް ރައީސް ސޯލިހުގެ މެނިފެސްޓޯގައި ވެއެވެ.
ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާ ދެކޮޅަށް އެޗްޕީވީ ވެކްސިން އެންމެ ފުރަތަމަ ދޭން ފެށީ އޮސްޓްރިއާގައެވެ. ކެންސަރާ ދެކޮޅު ވެކްސިނެއް ނަމަވެސް އެ ވެކްސިނާ ދެކޮޅު ފަރާތްތަކުން ބުނީ އެ ވެކްސިންގައި ވަރަށް ގިނަ ސައިޑް އިފެކްޓްތައް އެކުލެވޭ ކަމަށެވެ.
އިނގިރޭސިވިލާތުގެގާޑިއަންއިންބުނީ ޖަޕާނުގެ އަންހެނުން އެއްކޮށްކަހަލަ ގޮތަށް އެ ވެކްސިން މިހާރު ޖެހުން ހުއްޓާލައިފައިވާ ކަމަށެވެ. ނަމަވެސް ޖަޕާނުގެ ހެލްތު މިނިސްޓްރީއިން ބުނީ އެ ވެކްސިންގައި ސައިޑް އިފެކްޓް ހިމެނޭ ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށެވެ.
އެޗްޕީވީ ވެކްސިން ޖެހުމަށް ހިތްވަރުދެއްވި ޖަޕާނުގެ ޑޮކްޓަރު ރީކޯ މުރަނަކައަށް ދާދިފަހުން ވަނީ އިންޓަނޭޝަނަލް ޖޯން މެޑޮކްސްގެ އެވޯޑް އަރުވައިފައެވެ.