ސަރުކާރުން އަލަށް އުފެއްދެވި މިނިސްޓްރީތަކަށް ޕަރމަނަންޓް ސެކްރެޓަރީން ހަމަޖެއްސެންދެން ވަގުތީ ގޮތުން އެ ޒިންމާ އަދާކުރައްވާނެ މުވައްޒަފުން ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅައިފިއެވެ.

މިއަދު ހެނދުނު ސިވިސް ސާވިސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި އެ މުވައްޒިފުންނަށް ޕާމަނަންޓް ސެކެޓްރީގެ ޒިންމާ ހަވާލުކުރެއްވި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.

ވަގުތީ ގޮތުން ޕާމަނަންޓް ސެކެޓްރީގެ ޒިންމާ ހަވާލުކުރެއްވި ބޭފުޅުން

  • ހެރިޓޭޖް މިނިސްޓްރީ- ހައްވާ ނަޒްލާ

  • ކޮމިޔުނިކޭޝަން މިނިސްޓްރީ - އިލްޔާސް އަހުމަދު
  • ޓްރާންސްޕޯޓް މިނިސްޓްރީ- ހަސަން ޝަރީފް
  • ހަޔާ އެޑިއުކޭޝަން މިނިސްޓްރީ- ޑރ. އަބްދުއް ރަހީމް ހަސަން
  • ޕްލޭނިން މިނިސްޓްރީ- ޝާނާ ފާރޫގް

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމު ވަނީ މިނިސްޓްރީތަކުގައި މަސައްކަތްކުރައްވާއިރު އެ މިނިސްޓްރީއެއްގެ ވަޒީރަކާއި ވީހާވެސް ގުޅިގެން ސިވިލް ސަރވިސްގެ ޤާނޫނުނާއި ޤަވާޢިދާއި ކަމާގުޅުންހުރި އެހެން ޤާނޫނުތަކާއި ޤަވާޢިދުތަކާވެސް އެއްގޮތްވާގޮތުގެ މަތިން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.