19 Nov 2018, 10:03
ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލަކޮޅު ނަގަން އޮޕަރޭޝަން ކުރަން އޮޕަރޭޝަން ތިއޭޓަރަށް ވައްދައިފި އެވެ.
އަދީބު އޮޕަރޭޝަން ކުރަން ވެއްދީ މިއަދު ހެނދުނު 8:30 އެހާކަންހާއިރު އެވެ. އޭނާ އަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަތާ މިހާރު ހަފްތާއެއްހާ ދުވަސް ވެއްޖެ އެވެ.
އޭނާއަށް ލިބެން ޖެހޭ ބޭސްފަރުވާ ފޯރުކޮށްދިނުމުގައި އިހުމާލުވެފައިވާ ކަމަށް އަދީބުގެ ފަރާތުން ވަނީ މީގެ ކުރިން އެޗްއާރްސީއެމްއަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ. އެޗްއާރްސީއެމް އިން ވަނީ އެކަމާ ގުޅިގެން އޭނާގެ ބަޔާނެއް ވެސް ނަގާފަ އެވެ.
އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެފައި ވަނީ ރާއްޖެއިން ލިބެން ހުރި ފަރުވާތައް ހޯއްދަވައި، އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުރިއަށްގެންދާނެ ތަހުގީގުތަކާ ކުރިމަތިލައްވަން އަދީބު ބޭނުންފުޅުވާ ކަމަށެވެ.
Adeeb’s been taken into the operation theater at 8:30 AM. Praying for him to have a successful surgery and recovery.pic.twitter.com/6K3Zfo8Slv
— Nash (@maryam_nashwa)November 19, 2018
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއް އަންނަނީ ތަންފީޒު ކުރައްވަމުންނެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި އަދީބުގެ މައްޗަށް ދައުވާކޮށް، ޝަރީއަތްތައް ވެސް ދަނީ ހިންގަމުންނެވެ.