18 Nov 2018, 22:50
ޕްރޮސެކިއުޓަރު ޖެނެރަލް އައިޝަތު ބިޝާމް މަގާމުން އިސްތިއުފާ ނުދެއްވައިފި ނަމަ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ވިދާޅުވެއްޖެ އެވެ.
ޕީޖީ ކަމަށް ބިޝާމް ގެނެސްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.
އަބްދުﷲ އަހުމަދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިޝާމް ޕީޖީގެ މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ. އެހެންނޫނީ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާނެ ކަމަށް އަބުޅޯ ވިދާޅުވި އެވެ.
PG Bisham Magaamun Isthiufaa Dhevvan Jehey. Noonee Ithubaaru Neihkamuge Massala Majilihah Hushahalhaanan.pic.twitter.com/mj86wKvTG1
— Abdulla Ahmed (@AblhoMP)November 18, 2018
ޕީޖީގެ މަގާމަށް ބޭފުޅުން އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު އޮންނަނީ މަޖިލީހަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިނިވަން މުއައްސަސާތަކަށް ބަދަލު ގެންނާނެ ކަމުގެ ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ.
މަޖިލީހަށް ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައިގެން ފާސްވާ ގޮތަށް މަޖިލީހުގެ އަޣުލަބިއްޔަތު ވަނީ ސަރުކާރުން ކޯލިޝަނަށް ލިބިފަ އެވެ.