ސިޔާސީ މަގުސަދެއްގައި ޖިނާއީ ތުހުމަތެއް ކޮށް، ހައްޔަރު ކޮށްފައިވާ ފަރާތްތައް މިނިވަންކުރުމުގެ މަސައްކަތްޕުޅު ކުރިއަށް ގެންދެވުމުގެ ގޮތުން، "ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީ" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވައިލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން، އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ފުރަތަމަ ދުވަހު މި މަސައްކަތްޕުޅު ފެށްޓެވުމުގެ ގޮތުން، "ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީ" އެކުލަވާލައްވާފައިވަނީ އިއްޔެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ އާއި ކޮމިޝަނަރަ އޮފް ޕޮލިސް ހަމްދޫން ރަޝީދު އާއި ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަހުމަދު އަބްދުﷲ އަފީފް އާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތެވެ.