18 Nov 2018, 13:35
ނަވާރަސަތޭކަ ސާޅީސް އެއްވަނަ އަހަރު ނުކުތް މަޝްހޫރު ކާޓޫން "ޑަމްބޯ" އަސްލަކަށް ބަލައިގެން ތައްޔާރުކުރާ ފިލްމު "ޑަމްބޯ"ގެ ޓްރެއިލާ އާންމުކޮށްފިއެވެ.
ޓިމް ބާޓަން ޑައިރެކްޓްކޮށް އުފައްދާ މި ފިލްމަކީ ވޯލްޓް ޑިޒްނީ ޕިކްޗާސްއިން ގެނެސްދޭ ފިލްމެކެވެ.
ޝައުގުވެރި ގިނަ މަންޒަރުތަކެއް ޓްރެއިލާއިން ފެނިގެންދިޔައިރު އެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހުއެވެ.
ކާޓޫނުގައި އުޅޭ "ބޭބީ ޑަމްބޯ އެލެފަންޓް" އާ ހިލާފަށް ފިލްމުގައި އުޅޭ އެތަށް އުދުހެވެއެވެ. ފިލްމުގައި ކުޑަކުދީންތަކެއް ހަރަކާތްތެރިވާއިރު އެ ކުޑަ އެތަކީ އެކުދީންގެ އާއިލާ ކަމަށް ބަލައެވެ. އެހެނިހެން އެތްތަކާ ހިލާފަށް "ޖަމްބޯ" އަކީ ކަންފަތް ބޮޑު އެތެކެވެ.
"ބޭބީ އެލެފެންޓް" އާއި އޭތީގެ މަންމައާ ބައްދަލުކުރުމަށް ގިނަ މަސައްކަތެއް ކުރަމުންދާ މަންޒަރު ޓްރެއިލާ އިން ފެނިގެން ދެއެވެ. އަދި އެ އެތަކީ އުދުހޭ އެތެއްކަމަށް އަވަށުގެ މީހުންނަށް ދައްކަން މަސައްކަތްކުރާ މަންޒަރުވެސް ޓްރެއިލާއިން ފެނިގެން ދެއެވެ.
މި ފިލްމުގައި ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ އިވާ ގްރީން، ކޮލިން، ޖޯސެފް ގެޓް އަދި މައިކަލް އެވެ.
"ޑަމްބޯ" ކާޓޫނަށް ވަނީ ބެލުންތެރީންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ލިބިފައެވެ.