އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފިހާރަތައް 24 ގަޑިއިރަށް ހުޅުވާލާފައި ބެހެއްޓުމަށް އުސޫލެއް ކަނޑައަޅަން ނިންމައިފިއެވެ.

އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ ހާސިލް ކުރަން ބޭނުންވާ ކަންތަކުގެ ތެރޭގައި ވިޔަފާރިތަކަށް ދަތިވާގޮތައް ސަރުކާރުންނާއި މުވައްސަސާތަކުން ހަދާފައިވާ ގަވައިދުތައް ބަދަލުކުރަން ވަނީ ނިންމައިފައެވެ. އަދި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ އުސޫލެއް ކަނޑަައަޅަން ވަނީ ނިންމައިފަައެވެ.

މިހާރު ވިޔަފާރި ކުރާ ފިހާރަތައް ހުޅުވާފައި ބެހެއްޓެނީ ރޭގަނޑު 10 ޖަހަންދެންނެވެ. އަދި ހޮތާ ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓެނީ 12 ޖަހަންދެންނެވެ. މިއީ ދިވެހިންގެ ދިރިއުޅުން ނުވަތަ ލައިފް ސްޓައިލް ހުންނަގޮތުން އާންމުންނަށް އުނދަގޫ ކަމެއްކަމުގައި ރައްޔިތުން ދަނީ ބުނަމުންނެވެ.

މީގެ ކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް ވަނީ 24 ގަަޑިއިރު ފިހާރަތަކާއި ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓުމުގެ އުސޫލެއް އެކުލަވާލައިފައެވެ. ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގައި އެ އުސޫލު އުވާލާ ވިޔަފާރި ކުރާ ގަޑިތައް ވަނީ މަދުކޮށްފައެވެ.