17 Nov 2018, 17:02
ރައްޖޭގެ ހަތްވަނަ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވައިފިއެވެ.
އިބްރާހިމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވީ ގައުމީ ފުޓުބޯޅަ ދަނޑުގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައެވެ.
އިބްރާހިމް މުހައްމަދު ސޯލިހަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއެވެ.
އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ހުވާ
"އަހުރެން، ފާދިއްޕޮޅު، ހިންނަވަރު، ނޫރާނީއާގޭ، އިބްރާހިމް މުހައްމަދު ސޯލިހު، އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، ދިވެހި ގައުމަށް އިޚްލާސްތެރިވުމަށާއި، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތްވާގޮތުގެމަތީން، ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ތެދުވެރިކަމާއި އަމާނާތެރިކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވާކުރަމެވެ،"
އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމްވެސް މިއަދު ވަނީ ހުވާ ކުރައްވާފައެވެ.
ހުވާކުރުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސްރީލަންކާގެ ކުރީގެ ރައީސާ ޗަންދުރިކާ ބަންޑާރަނަޔަކަ ކުމާރަތުންގައާއި އެކި ގައުމުތަކުގެ ސިޔާސީ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އިތުރު ތަފްސީލް އަންނަނީ...