Last Updated: 7 year 1 week ago

މި ލައިވް ކަވަރޭޖަކީ ރާއްޖޭގެ 6 ވަނަ ރައީސްކަމުގެ ހުވާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވުމުގެ ރަސްމިއްޔާތުގެ ލައިވް ކަވަރޭޖެވެ.

އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައީސްކަމުގެ ހުވާ ކުރައްވާއިރު އެމަނިކުފާނު ވައުދުވެ ވަޑައިގެންފައިވަނީ ރައްޔިތުންގެ ވެރިކަމެއް ރައްޔިތުންނަށް ގާއިމްކޮށްދެއްވާނެ ކަމަށެވެ.

ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕެއިންގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންނަށް މިނިވަން އަދުލު އިންސާފެއް ގާއިމްކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންނެވިއެވެ.

ގައުމު ހިންގާނީ އެންމެންގެ ބައިވެރިވުން އޮވެގެން ކަމަށް ވިދާޅުވި އެވެ. އެކުލަވާނީ ނަޒާހާތްތެރި ގާބިލް ކެބިނެޓެއް ކަމަށް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި މަރާލެވިފައިވާ ބްލޮގަރު ޔާމީން ރަޝީދު އަދި ޑރ އަފްރާޝީލް އަލީގެ މަރުގެ މިނިވަން ތަހުގީގެއް ހިންގަވާނެ ކަމަށް ވައުދުވެ ވަޑައިގެންނެވިއެވެ.
އެތެރޭގެ ދަތުރުފަތުރުގެ އަގުހެޔޮ ކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންނެވި އެވެ. ރަށްރަށް ތަރައްގީ ގެނެސްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގަތެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ކެބިނެޓަށް އައްޔަން ކުރައްވަން ނިންމަވާފައިވާ ވަޒީރުން ހުވާ ކުރައްވަން ތައްޔާރު ވެއްޖެ
ސިފައިންނާއި ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ގަދަރުވެރި ދެ މުއައްސަސާކަމުގައި ވެގެންދާނެ
ހާރިޖީ ސިޔާސަތުގައި އިސްކުރާނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު
އެމަޖެންސީގައި ފަރުވާ ދިނުމަށް މުޅި ރާއްޖެއަށް އެއާ އެންބިއުލައިންސްގެ ހިދުމަތް ފޯރުކޮށްދޭން ފެށޭނެ
ފުރަތަމަ 100 ދުވަސް ތެރޭގައި ނޭޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓު އުފައްދައި، ނަފްސާނީ ބަލިތަކަށް ފަރުވަކުރަން އާސަންދަ ހަމަޖައްސާނަން
ގްރީން ޓެކްސް ބޭނުންކުރާނީ ހަމައެކަނި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތަށް
ދުނިޔެ ހޫނުވުމުން ސަލާމަތް ކުރުމަށް ރާއްޖެ ވެގެން ދާނީ ޖަޒީރާ ގައުމުތަކުގެ ލީޑަރަކަށް
ރާއްޖޭގައި ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ލިބުގެން ދާނެ
ތަރައްގީގެ ނަމުގައި މި ގުދުރަތީ ވެށި ސުންނާފަތިކޮށްލުމަކީ އަޅުގަނޑުމެންގެ ދަރިންނާ އެ ދަރީންގެ ދަރިންނަށް ވެވޭ އިހުމާލެއް ކަމުގައި މެނުވީ ނުވާނެ
ފުރަތަމަ 100 ދުވަސް ނިމޭ އިރު ކަރަންޓްގެ އަގު ހެޔޮކުރެވޭނެ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށް ދިނުމަށްޓަކައި ދައުލަތުން އިހުމާލެއް ނުވާނަން
ސަރުކާރުގެ ޝަކުވާ ހުށަހެޅުމުގެ ނިޒާމެއް ރައީސް އޮފީހުގައި ގާއިމް ކުރާނަން
ދިވެހި ގައުމު ވައްޓާލާފައި މިވާ އަނދިރި އަނދަވަޅުން ސަލާމަތްކޮށް ހައްގުތައް ހޯދައިދޭން ޖެހޭ. އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް އިންސާފު ހޯދައިދޭން ޖެހޭ. ދިވެހި ދައުލަތުން ގެއްލިފައިވާ ފައިސާ ދިވެހި ރައްޔިތުންނަށް އަނބުރާ ހޯދައިދޭން ޖެހޭ
ކޮރަޕްޝަނުގެ އަމަލުތައް ހާމަކުރާ ފަރާތްތަކަށް ދޭން ޖެހޭ ގާނޫނީ ރައްކާތެރިކަން އަޅުގަނޑު ކަށަވަރު ކޮށްދޭނަން
ދައުލަތުގެ މާލިއްޔާ މިވަނީ ވަރަށް ނާޒުކު ހާލަތެއްގައި. ދައުލަތުގެ ހަޒާނާއިން އެތައް ބިލިއަން ރުފިޔާއެއް ވަނީ ގެއްލިފައި، ވައްކަމާއި ކޮރަޕްޝަނާއި އިހުމާލުގެ ސަބަބުން ގެއްލުނު ފައިސާގެ އަދަދު އަދިވެސް ސާފެއް ނުވޭ
އަދުލު އިންސާފު ގާއިމުކުރުމަށް އެކަށައަޅާފައިވާ ގާނޫނީ އޮނިގަނޑަށް ބޮޑެތި ބަދަލުގެންނަން ޖެހިފައިވާކަން، ފަނޑިޔާރުންނަކީ ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭކަން.

އަޅުގަނޑުގެ ސަރުކާރުގައި ހަމަ އެއްވެސް ރައްޔިތަކު ބާކީވެގެން ނުދާނެ

މިއަދު އަޅުގަނޑުމެން މިތިބީ ސިޔާސީ ހިޔާލުތަފާތުވުންތަކާއެކުވެސް ގައުމާއި ރައްޔިތުންގެ މަސްކަހަތު އިސްކޮށްގެން އެކަމަށް އެއްބަސްވެގެން

މާތްﷲގެ ވާގިފުޅާއެކު ދިވެހި އެންމެހާ ލޮބިވެތި ރައްޔިތުން ދެކޭނީ އެންމެހާ ކަންކަން އިންސާފުގެ މަގަށް އެނބުރިގެންދާ މަންޒަރު

ރައްޔިތުން ވޯޓު ދެއްވީ އަދުލު އިންސާފު ގާއިމްކުރުމަށް، ތަފާތުކުރުން ނައްތާލުމަށް، ބޯހިޔާވަހިކަމާއި ފެނާ ނަރުދަމާގެ ނިޒާމު ގާއިމްކޮށްދިނުމަށް އަޅުގަނޑު ވީ ވައުދުތަކުގެ މައްޗަށް
ނިމިދިޔަ ރިޔާސީ އިންތިހާބްގައި ރައްޔިތުން އަޅުގަނޑަށް ވޯޓުދިން ސަބަބު ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން
ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް
ތިބޭފުޅުންގެ ކުރިމަތީ ހުރެ އަޅުގަނޑު މިކުރީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ، ދިވެހި ގައުމަށް އިހުލާސްތެރިވުމުގެ ހުވާ، ރައީސްކަމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ކުރި ހުވާ
ދިވެހި ރައްޔިތުންނަށް އަޅުގަނޑު ޔަގީންކަން މި އަރުވަނީ އަޅުގަނޑު ކުރި ހުވަޔާ އެއްގޮތަށް އަމަލުކުރުން މަތީ ދެމި ހުންނާނެކަން
ތިޔަ ހުރިހާ ރައްޔިތުންގެ އުންމީދުތައް ހާސިލު ކޮށްދިނުމަށް އެއްވެސް ރައްޔިތަކު ތަފާތުކުރުމެއް ނެތި ދެމި ހުންނާނެކަމުގެ ޔަގީންކަން އަރުވަން
ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ ހުވާ، ފައިސަލް ނަސީމް ކުރައްވައިފި
ދެން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް އިންތިހާބުވި ފައިސަލް ނަސީމް ހުވާކުރެއްވުން
ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާގެ އިގުރާރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވައިފި
ރާއްޖޭގެ ހަތްވަނަ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ، އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވައިފި.
އިބްރާހިމް މުހައްމަދު ސޯލިހަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ
ބޮޑުވަޒީރު މޯދީއަށް ގަލޮޅު ދަނޑުން މަރުހަބާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއި ނައިބު ރައީސް ރީކޯ މޫސާ މަނިކު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ގަލޮޅު ރަސްމީ ދަނޑަށް ވަޑައިގެންފި
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ގަލޮޅު ދަނޑަށް ވަޑައިގެންފި.
ގަލޮޅު ދަނޑަށް ވަޑައިގެންނެވުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާރުކޮޅަށް އަރާވަޑައިގެންފި
ރައީސް ޔާމީން ސަރުކާރުގެ ބައެއް ވަޒީރުންވެސް ދަނީ ރަސްމިއްޔާތުގައި ބައިވެރިވަމުން. އޭގެ ތެރޭގައި ހޯމް މިނިސްޓަރުކަން ކުރެއްވި އަޒްލީން އަހްމަދު، ޔޫތު މިނިސްތަރުކަން ކުރެއްވި އިރުތިޝާމް އާދަމް، ޖެންޑަރ މިނިސްޓަރުކަން ކުރެއްވި ޒެނީޝާ ޝަހީދު ޒަކީ އަދި އެންވާރަމަންޓް މިނިސްޓަރުކަން ކުރެއްވި ތޯރިގު އިބްރާހިމް ހިމެނިވަޑައިގަންނަވާ
ކުރީގެ ތިން ރައީސުން މައުމޫން އަބްދުލްގައްޔޫމް، މުހައްމަދު ނަޝީދު އަދި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ ރަސްމިއްޔާތަށް ވަޑައިގެންފައި.
އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ގަލޮޅު ދަނޑަށް އެކިއެކި ބޭފުޅުން މިހާރު ދަނީ ވަޑައިގަންނަވަމުން. ސްރީލަންކާގެ ބޮޑުވަޒީރުގެ ދަރިކަލުން އަދި އެގައުމުގެ ޕާލަމެންޓް މެމްބަރު ނާމަލް ރާޖަޕަކްސަވެސް މިވަގުތު ހުންނެވީ ގަލޮޅު ދަނޑުގައި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް މަރުހަބާ ދެއްނެވުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ރާއްޖެ ވަޑައިގެންފި. އެމަނިކުފާނު ދަތުރުކުރެއްވި އެއާ އިންޑިއާ ވަން މަތިންދާބޯޓު ދާދި ދެންމެއަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ޖައްސާފައި، މިއީ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު
އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން އަދި ޕާލަމެންޓް މެމްބަރު ނާމަލް ރަޖަޕަކްސަވެސް ހުންނެވީ ރާއްޖެ ވަޑައިގެން.
Happy to be back in the beautiful Maldives and experience the beauty of our neighbor. Looking forward for the inauguration of#Maldivesnew President.pic.twitter.com/B6uVRSGIfv
— Namal Rajapaksa (@RajapaksaNamal)November 17, 2018
ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިވަގުތު ދަނީ އެއާ އިންޑިއާ ވަން މަތިންދާބޯޓުގައި ދަތުރުފުޅުކުރައްވަމުން. ބޮޑުވަޒީރު މޯދީއާއެކު އެއާ އިންޑިއާ ވަން ކުޑައިރުކޮޅެއްގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނެ.
މިހާރު ރަސްމިއްޔާތަށް ދައުވަތު އެރުވިގެން ވަޑައިގަންނަވާ ބޭފުޅުން ގަލޮޅު ރަސްމީ ދަނޑަށް ވަންނަން ވަނީ ފަށާފައި.
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށޭނީ މިއަދު 5:00 ޖަހާއިރު









