17 Nov 2018, 15:54
ރާއްޖޭގައި ހުންނަވާ ދެކުނު ކޮރެއާގެ އޮނަރަރީ ކޮންސުލްގެ މަގާމަށް ސަން ސިޔާމް ގްރޫޕުގެ ޗެއާމަން އޮނަރަބްލް އަހްމަދު ސިޔާމް މުހައްމަދު ހަމަޖައްސައިފި އެވެ.
މިއަދު ޖެން ހޮޓަލުގައި ބޭއްވި ބައްދަލުވުމެއްގައި ދެކުނު ކޮރެއާގެ އޮނަރަރީ ކޮންސުލްގެ މަގާމަށް ސިޔާމް ހަމަޖެއްސެވި ކަމުގެ ލިޔުން ހަވާލުކުރެއްވީ ސްރީލަންކާ އާއި ރާއްޖެ އަށް، ކޮރެއާ އިން ކަނޑައަޅާފައި ހުންނަވާ ސަފީރު ހީއޮން ލީ އެވެ.

ދެކުނު ކޮރެއާގެ އޮނަރަރީ ކޮންސުލްގެ މަގާމަށް ސިޔާމް ހަމަޖެއްސެވި ކަމުގެ ލިޔުން ހަވާލުކޮށްދެއްވަނީ
މަގާމު ހަވާލުކުރައްވައި، ދެކުނު ކޮރެއާގެ ފޮރިން މިނިސްޓަރު ކްޔުންގް ވާ ކަންގް ފޮނުއްވި ލިޔުމުގައި ވިދާޅުވެފައި ވަނީ، ރާއްޖޭގައި ހުންނަވާ ދެކުނު ކޮރެއާގެ އޮނަރަރީ ކޮންސުލްގެ މަގާމަށް ސިޔާމް ހަމަޖެއްސެވީ އޭނާގެ ގާބިލިއްޔަތާއި އިތުބާރަށް ބަލާފައި ކަމަށެވެ.
ސިޔާމްއާ ލިޔުން ހަވާލުކުރެއްވި ހަފްލާގައި، ސްރީލަންކާގައި ހުންނަ ދެކުނު ކޮރެއާގެ އެމްބަސީގެ ކައުންސެލަރު، ޑެޕިއުޓީ ޗީފް އޮފް މިޝަން ޖަންގްހްޔުން ކުކް އާއި ކޮންސިއުލާ އެސިސްޓަންޓް ސުޒީ ޗޮއި ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ސަން ސިޔާމް ގްރޫޕުގެ ޑިރެކްޓަރުން އަލީ މައުރޫފައި ޑރ. އާއިޝަތު ރަފިއްޔާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖެއާ ދެކުނު ކޮރެއާއާ ދެމެދު ޚަރިޖީ ގުޅުން ގާއިމުކުރީ 30 ނޮވެމްބަރު 1966 ގަ އެވެ.