17 Nov 2018, 14:30
ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ.
ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު ނާޒިމް މީގެ ކުރިން ދިރިއުޅުއްވަމުން ގެންދެވީ އިނގިރޭސިިވިލާތުގައި، އެގައުމުގެ ހިމާޔަތް ހޯއްދަވައިގެންނެވެ.
މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވާފައިވާ ނާޒިމް 25 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ މަކަރާއި ހީލަތުން ސަރުކާރުގެ ޕްރޮޖެކްޓެއް އޭނާ ކާމިޔާބު ކުރިކަން ޝަރީއަތަށް ސާތުވުމުންނެވެ. އޭގެ އިތުރުން ވެސް އޭނާގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ތިން ދައުވާއެއް ވެސް ކުރި އެވެ.
ނާޒިމްގެ ފަރާތުން އޭނާގެ ހުކުމް ރިވިއުކޮށްދިނުމަށް ސުޕްރީމް ކޯޓުގައި ވަނީ އެދިފަ އެވެ. ސުޕްރީމް ކޯޓުން އެކަމާ ގުޅިގެން ނެރުނު ވަގުތީ އަމުރެއްގައި ވަނީ ނާޒިމްގެ ހުކުމް ރިވިއުކޮށް ނިމެންދެން އޭނާގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް އަންގައިފަ އެވެ.
މިދިޔަ މަހުގެ ތެރޭގައި ނާޒިމް ވަނީ ރައީސް ޔާމީން އާއި އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅުވައި ވާހަކަފުޅު ދައްކަވައިފަ އެވެ. އޭނާ ރިޔާސީ އިންތިހާބުގައި ސަޕޯޓު ކުރެއްވީ ގުޅިފައިވާ ޕާޓީތަކަށެވެ.