ބޮލީވުޑްގެ ކުޅަދާނަ ބަތަލާ އިމްރާން ހާޝިމީ ލީޑު ރޯލު ކުޅެފައިވާ ފިލްމު "ޓައިގާސް"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފި އެވެ.

"ޓައިގާސް"ގެ ޓްރެއިލާ އަށް އަންނަނީ ރަނގަޅު ތަރުހީބެއް ވެސް ލިބެމުންނެވެ. މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ ވިއުސް ވެސް ޓްރެއިލާ އަށް ވަނީ ލިބިފަ އެވެ.

އެ ފިލްމުގެ ޓްރެއިލާ މިހާރު ޔޫޓިއުބުގައި އާންމުކޮށްފައިވާ އިރު "ޓައިގާސް" ސްޓްރީމް ކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު ޒީ ނެޓްވޯކްގެ ޑިޖިޓަލް ޕްލެޓްފޯމް ޒީ5 އިންނެވެ.

"ޓައިގާސް" އަކީ އިމްރާން ވިއްކާ ކުޑަ ކުދިންގެ ޕްރޮޑަކްޓްތަކެއް ބޭނުން ކޮށްގެން ޕާކިސްތާނުގެ ކުޑަ ކުދިންތަކެއް މަރުވެ، އޭނާގެ މައްޗަށް އަދަބު އައިސް ބަންދު ކުރާ ވާހަކަ އަކަށް ހަދާފައިވާ ފިލްމެކެވެ.

އިމްރާން ހާޝިމީއާ އެކު އެ ފިލްމުގެ ކާސްޓުން ދެން ފެންނާނީ ގީތަންޖަލީ ތާޕާ، އާދިލް ހުސައިން، ހާލިދު އަބްދުﷲ އަދި ސުޕްރިޔާ ޕަތަކު ފަދަ ތަރިންނެވެ.