27 Sep 2011, 15:15
ފަސް ފުންޏެއްގެ މައްސަލައިގައި ހއ. ކެލާގައި ބަޔަކު ކައުންސިލު އިދާރާ ކައިރީގައި މުޒާހަރާ ކުރަން ފަށައިފި އެވެ.
ކެލައިން ސަންއަށް މައުލޫމާތު ދިން ފަރާތަކުން ބުނީ 50 އަށް ވުރެ ގިނަ މީހުން ނުކުމެ މުޒާހަރާ ކުރަން ފެށީ އެ ރަށުގެ ނެރު ފުންކުރި ސަރަހައްދުގައި ހުރި ދޮންވެލި ފުންޏެއް މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އަލިދޫ ރިސޯޓަށް ވިއްކައިލަން ކައުންސިލުން މިއަދު އެޖެންޑާ ކުރުމުން ކަމަށެވެ.
"އެމީހުން އަޑުއުފުލަން ފެށީ ކައުންސިލްގެ މިއަދުގެ ޖަލްސާއަށް ފަސްފުނި ވިއްކާލުމުގެ މައްސަލައެއް އެޖެންޑާ ކޮށްފައިވާތީ، އެކަމާ ހިންހަމަ ނުޖެހިގެން،" ކެލާ މީހަކު ނަންނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.
ރައްޔިތުންގެ ބަޔަކު ނުރިހިގެން މުޒާހަރާ ކުރާ މައްސަލަ އެޖެންޑާ ކުރި ޖަލްސާ ޖަލްސާ މިހާރު ވަނީ ފައިފަ އެވެ. ކައުންސިލަރުން ޖަލްސާގައި ތިއްބެވުމުން ބަހެއް ލިބޭ ގޮތެއް ނުވި އެވެ.