ހިލާލީގެ ދޫކުރައްވައި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އެމަނިކުފާނުގެ ދިރިއުޅުއްވުން އަމިއްލަފުޅު ގެކޮޅު ހ. ދޫވެއްސަށް މިއަދު ބަދަލުކުރައްވައިފިއެވެ.

ރައީސް ޔާމީން ހިލާލީގެ ދޫކުރައްވައި، ދޫވެއްސަށް ބަދަލުވެވަޑައިގެންނެވީ މިއަދު ހެނދުނުއެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގޭގެެ ޗީފް އޮފް ސްޓާފް އަހްމަދު މުސްތަފާ ވަނީ "ސަން"އަށް މިކަން ކަށަވަރުކޮށްދީފައެވެ.

ގ. ދޫވެއްސާއި ހ. ނޫފަރު ލާޖައްސައި، ނޫފަރު ހުރި ބިމުގައި ދޫވެހީގެ ނަމުގައި އިމާރާތެއް ހަދާފައިވާ އިރު، އެ އިމާރާތް އަދި ނުނިމެއެވެ. އެ އިމާރާތުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންގޮސް، މިވަގުތު ނިމިފައިވަނީ ދެ ފަންގިފިލާއެކެވެ.

އުސްކޮށް އިމާރާތްކުރާނެކަމަށް ބެލެވޭ ހ. ދޫވެހީގައި މިވަގުތު ޝީޓު އަޅައި، މަސައްކަތް ކުރަމުން ދަނީ ހަތް ބުރީގައެވެ.

ބޮޑުތަކުރުފާނުމަގުގައި ހުންނަ މި ގެއަށް ރައީސް ޔާމީން މިއަދު ހެނދުނު ބަދަލުވެވަޑައިގެން، އެގޭގައި ދިރިއުޅުއްވަން ފައްޓަވާފައިވާ އިރު، މާދަމާ ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވަން ހަމަޖެހިފައިވަނީ މުލީއާގޭގައެވެ.

އަދި ނައިބު ރައީސްކަމާ ހަވާލުވެވަޑައިގަންނަވާ ފައިސަލް ނަސީމް ދިރިއުޅުއްވާނީ ހިލާލީގޭގައެވެ.