27 Sep 2011, 14:27
ނުވަދިހަ ފުޅި ބަނގުރާ ރާއްޖެ އެތެރެކޮށް ގެންގުޅު އަންހެނަކު އެއް އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
ބަނގުރާ ރާއްޖެ އެތެރެކޮށް ގެންގުޅުނު ކަމުގެ ކުށް ސާބިތުވެ އެއް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އދ. މާމިގިލި، އިޓަލީ، ނިޢުމާ ޢަބްދުލްހަންނާނުގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން ބުނީ އޭނާގެ މައްޗަށް ކުށް ސާބިތުވީ ހެކިންގެ ހެކިބަހަށް ބުރަވެ ކަމަށެވެ.
އެ ހުކުމްގައި ބުނަނީ މެއި 12، 2009 ގައި މ. ކެރިންލައިޓް އުތުރުބައިގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ގެއަށް ގޮސް ނިއުމާ ދިރިއުޅޭ ކޮޓަރި ބަލައި ފާސް ކުރި ކުރުމުން "ސިމަނޯފް" ބްރޭންޑްގެ 90 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާއާ ގުޅިގެން ހެކިންގެ ހެކި ބަހުން ނިއުމާ ދިރިއުޅޭ ކޮޓަރިން ބަނގުރާ ފުޅިތައް ފެނިފައިވާ ކަމަށް ހެކިބަސްދީފައިވާ ކަމަށެވެ.