ރައީސް އޮފީހުގެ ލީގަލް އެފެއާޒްގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އާއިޝަތު އާޒިމާ ޝުކޫރު އިސްތިއުފާ ދެއްވައިފިއެވެ.

އިސްތިއުފާދެއްވިކަން އާޒިމާ އިއުލާން ކުރެއްވީ އޭނާގެ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު ކަމަށް އާޒިމާ ހަމަޖައްސާފައި ވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ 10 ވަނަ ދުވަހުއެވެ.

އަންނަ ހޮނިހިރު ދުވަހު އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ކުރިން ސިޔާސީ މަގާމްތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާދެއްވުމަށް އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވަނީ އިލްތިމާސް ކުރައްވާފައެވެ.