15 Nov 2018, 15:32
ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުއާޒް ހަލީމް އިސްތިއުފާދެއްވައިފި އެވެ.
ހަލީމް އިސްތިއުފާ ދެއްވިކަން އޭނާ ކުރެއްވި ޓުވީޓެއްގައި ވަނީ ޔަގީންކޮށްދީފަ އެވެ.
އަންނަ ހޮނިހިރު ދުވަހު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރެއްވުމަށް ތައްޔާރުވަމުންދާއިރު، ސަރުކާރުގައި ތިިއްބެވި ބޭފުޅުން މިހާރު ވެސް ދަނީ އިސްތިއުފާ ދެއްވަމުންނެވެ. އެގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ ކަމުގައި ހުންނެވި އަބްދުއްރައްޒާގު ހަލީމާއި އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އިބޫ ހުވާކުރެއްވުމަށް ތައްޔާރުވަމުންދާއިރު އެމަނިކުފާނުގެ ކެބިނެޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން އިބޫގެ ސަރުކާރުގައި އާ ހަތަރު މިނިސްޓްރީއަކާ އެކު 19 މިނިސްޓްރީއެއް ވަނީ އުފެއްދުމަށް ނިންމައިފަ އެވެ.