15 Nov 2018, 12:53
އޭލެވެލް ހަދާ ދަރިވަރުންގެ އިމްތިހާނު ފީ ދައްކާފައިވާ ކަމަށާއި ހުރިހާ ދަރިވަރުންނަށް ވެސް އިމްތިހާނުގައި ބައިވެރިވެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ޖެނުއަރީގައި އޮންނަ އޭލެވެލް އިމްތިހާނުގައި ބައިވެރިވުމަށް ފައިސާ ދައްކާފައިވާ ސީއެޗްއެސްސީގެ އާޓް ސްޓްރީމްގެ 10 ދަރިވަރަކަށް، އިމްތިހާނުގައި ބައިވެރިވި ނުވެވޭނެ ކަމަށް ބުނި މައްސަލައެއް އިއްޔެ ފެންމަތިވެ، އެކަމާ ބެހޭ ގޮތުން ސުވާލު އުފެދިފައި ވަނިކޮށެވެ. އެ ކުދިންނަށް އިމްތިހާނުގައި ބައިވެރި ނުވެވޭނެ ކަމަށް ބުނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން އެކުދިންގެ ފީ ނުދެއްކިގެންނެވެ.
I am one of the few student who will be sitting for my Edexcel Alevel Exams during January 2019. A situation has arised which has deprived us 'arts students'from taking the examinations. I kindly request you all to take some time to read what’s below and raise awareness about it.pic.twitter.com/0sPEBysD1u
— iamfathmatheima (@iamfathmatheima)November 14, 2018
އެޑިއުކޭޝަން މިިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ މިހާރު އޭލެވެލް ހަދާ ހުރިހާ ދަރިވަރުންގެ ފީ ދައްކާ ނިމިފައިވާ ކަމަށެވެ. އަދި ޖެނުއަރީގައި އާޓް ސްޓްރީމްގެ 10 ކުދިން ހަދާ މާއްދާތަކުގެ އިމްތިހާނު ހެދުމުގައި ދަތި ނުވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
There are no pending payments with regard to the exam fees of Alevel students. The payments have been issued in full for all students sitting for their Alevel and As exams in Oct/Nov IAL exams. Geo&Lit candidates sitting the Jan 2019 papers will have no issues to take these exams
— Ministry of Education (@EducationMV)November 14, 2018
އެހެން ނަމަވެސް، އޭލެވެލް އަދި އޯލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ފީ ދެއްކުމަށް ދަތިވެފައިވާ ކަމަށް ޑީޕީއީ އިން ޓްރާންސިޝަން ކޮމިޓީއަށް ބުނި ކަމަށް އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް އިސްމާއިލް (އިބްރާ) ވަނީ ވިދާޅުވެފަ އެވެ. އަދި މިހާރު ދައްކާ ވާހަކަ އާއި ޑީޕީއީ އިން ދެއްކި ވާހަކައާ ދިމާ ނުވާ ކަަމަށް އޭނާ ބުންޏެވެ.
This is not the information provided to the@DGTransitionMvteam that visited DPE. They told us very clearly they were short of funds to pay O/Level and A/Level fees.
This information was disclosed to the public yesterday. The information tallies with parents@alayalmhttps://t.co/C5PRYgnJJO— Ibra (@ibramandhu)November 14, 2018
އެނގިފައިވާ ގޮތުގައި އެޑެކްސަލް ޔުނިވާސިޓީއަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި ޑީޕީއީ އަށް ވަނީ ދަތިވެފަ އެވެ.