އައްޑޫ ސިޓީ ގަމުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯކް ނުވެގެން ގޮސް ފާރެއްގައި ޖެހި ފާރު ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ އެ އިންސިޑެންޓް ހިނގާފަައި ވަނީ ރޭ ފަތިހު 5:45 ހާއިރު ކަމަށެވެ. އީކުއޭޓާ ވިލެޖް ސަރަހައްދުގައި ދުއްވާފައި ދިޔަ އެ ކާރު ފާރުގައި ޖެހި ފާރުވަނީ ވެއްޓިފައެވެ.

ފުލުހުން ބުނީ ކާރުގައި ތިބި ދެ މީހުންނަށް ކުދި ކުދި އަނިޔާތަކެއް ލިބުނު ނަމަވެސް ސީރިއަށް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށެވެ.