27 Sep 2011, 11:05
ސ. ހިތަދޫގައި ފިހާރައެއް ފަޅާލައި ވައްކަން ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް ދެ ވަނަ ފަހަރަށް ހަމަ އެފިހާރައަށް ވަގުން ވަދެ، 8،000 އަށް ވުރެ ގިނަ ރުފިޔާ ގެންގޮސްފި އެވެ.
ހިތަދޫ "ރޯޔަލް ޕާލް" އަށް ވަގުން ފުރަތަމަ ފަހަރު ވަދެ 7000ރ. އަށް ވުރެ ގިނައިން ގެންދިޔައީ މިމަހުގެ 11 ވަނަ ދުވަހު މެންދުރު އެވެ. ފުލުހުން ބުނީ ރޯޔަލް ޕާލް ފަޅައިލައިގެން އެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް ދެ ވަނަ ފަހަރަށް ރޭ އިރާކޮޅު އަނެއްކާވެސް ފަޅާލައި 8500ރ. ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބުނީ އެ ފިހާރަ އަށް ވަގުން ވަދެފައިވަނީ މައި ދޮރު ހަލާކުކޮށްލައިގެން ކަމަށެވެ.
ރޯޔަލް ޕާލް ފަޅައިލި ދެ ހާދިސާއާ ގުޅިގެން ވެސް މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.