ސުޝާންތު ސިންގް ރާޖްޕުތު އަދި ސާރާ އަލީ ޚާން ލީޑު ރޯލުން ފެނިގެންދާ ފިލްމު 'ކޭދަރްނާތު'ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

އަންނަ މަހު ހަތެއްގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ އަބީޝޭކް ޝަރްމާ އެވެ.

ފިލްމުގެ ޓްރެއިލާއިން ޝައުގުވެރި ގިނަ މަންޒަރުތަކެއް ފެނިގެންދާއިރު މި ފިލްމަކީ ތާރީހީ ގިނަ ތަންތަން ފެނިގެންދާނެ ފިލްމެކެވެ.

"ލަވް ޖިހާދު"، ލޯތްބަށް ޓައި ދީން ގުރުބާން ކުރުން ޕްރޮމޯޓްކޮށްދޭ ފިލްމެއް ކަމަށް ބުނެ ފިލްމާ ދެކޮޅަށް ހިންދޫ ބަޔަކު ވަނީ ފިލްމު ރިލީޒްނުކުރުމަށް ގޮވާލާފައެވެ.

މި ފިލްމުގައި ދައްކަނީ އިންޑިއާގެ ހިސާބެއްގައި ހިނގާ ފެންބޮޑުވުމުގެ ހާދިސާއެކެވެ.

ސާރާ މި ފިލްމުގައި ކުޅެނީ ވަރަށް މުއްސަނދި ފަތުރުވެރިއެއްގެ ރޯލެވެ. އަދި ފިލްމުގައި ސުޝާންތު ކުޅެނީ ދަތުރުވެރިންގެ ފޮށިތަންމަތި އުފުލައިދޭ މީހެއްގެ ރޯލެވެ.

އެކްތާ ކަޕޫރުގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ އެ ފިލްމަކީ ސާރާ ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ.