14 Nov 2018, 11:56
ބެލުންތެރިންގެ ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސީރީޒް "ގޭމް އޮފް ތްރޯންސް"ގެ ފަހު ސީޒަން އަންނަ އަހަރުގެ އޭޕްރިލްމަހު ޕްރިމިއާކުރާ ގޮތަށް ނިންމައިފިއެވެ.
އެޗްބީއޯއިން ކުރި ޓްވީޓްގައި ބުނީ ސީޒަން އަށަކީ އެ ސީރީޒްގެ ފަހު ސީޒަން ކަމަށާއި އޭޕްރިލްމަހު ގޭމް އޮފް ތްރޯންސް ދައްކަން ފަށާނެ ކަމަށެވެ.
އޭޕްރިލްމަހު ޕްރިމިއާކުރަން ނިންމި ނަމަވެސް އަދި ތާރީހެއް އިއުލާނެއް ނުކުރެއެވެ. "ގޭމް އޮފް ތްރޯންސް"ގެ ސީޒަން އަށެއް ނުކުންނާނީ އަންނަ އަހަރުގައ ކަމަށް ބުނިއިރު އެޗްބީއޯއިން ވަނީ ޓީޒާ ޓްރެއިލާ އެއް ވެސް އާންމުކޮށްފައެވެ.
ފަހު ސީޒަން ދައްކާ ތާރީހު އިއުލާނުކޮށްފައިނުވާއިރު ސީޒަން އަށެއްގައި ދައްކާނީ ކިތައް އެޕިސޯޑްކަމެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.
"ގޭމް އޮފް ތްރޯންސް"ގެ ސީޒަން ހަތެއްގައި ހިމަނާފައިވަނީ ހަތް އެފިސޯޑެވެ.

ގޭމް އޮފް ތްރޯންސްގެ ސީޒަން 7ގެ ޕޯސްޓަރެއް---
ޖޯޖް އާރުއާރު މާޓިންގެ "ސޯންގް އޮފް އައިސް އެންޑް ފަޔާ"ގެ މައްޗަށް ތައްޔާރު ކުރަމުންދާ އެ ޓީވީ ޝޯ އަކީ ޓީވީ ތާރީހުގައި ބޮޑެތި ބަދަލުތަކެއް ފެނިގެންދާ ސީރީޒް އެކެވެ.