27 Sep 2011, 10:04
އެޑިޔުކޭޝަން މިނިސްޓްރީގެ ސައި ކޮޓަރީގެ ސީލިން ވެއްޓިއްޖެ އެވެ.
ސާދަ ބުރީގެ ވެލާނާގޭގެ އަށްވަނަ ބުރީގައި ހުންނަ އެ އޮފީހުގެ ސައި ކޮޓަރީގެ ސީލިން ވެއްޓުނު ނަމަވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
އެޑިއުކޭޝަންގެ މުވައްޒަފުން ބުނީ މިއަދު އޮފީހަށް އައިސް ސައިކޮޓަރި ބޭނުން ކުރަން ބެލި އިރު ސީލިން ވެއްޓިފައިވާ ކަމަށެވެ.
"ވެއްޓުނީ ކޮންއިރަކު ކަމެއް އަޅުގަނޑުމެނަކަށް ނޭނގޭ،" މުވައްޒަފަކު ބުންޏެވެ. މިއަދު ހެނދުނު ސަންގެ ނޫސްވެރިން އެޑިއުކޭޝަނަށް ދިޔައިރު ވެސް އެބައިގެ ސީލިން ވަނީ ވެއްޓިފައި އޮތްގޮތަށް އޮތެވެ.
~
ފްލޯ އޭރިޔާގައި 15500 އަކަފޫޓް ހިމެނޭ 148 ފޫޓް އުސް ޢިމާރާތް ހުޅުވި ފަހުން މީ މިފަދަ ހާދިސާއެއް ހިނގި މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން ވަނީ އެ އިމާރާތުގެ ފެން ހޮޅިތަކެއް ފަޅައިގެން ގޮސް ފެން ބޮޑުވެފަ އެވެ.
އެފަހަރު ހޮޅިތައް ފަޅައިގެން ދިޔައީ އެއްވެސް އެޑިއުކޭޝަންގަ އެވެ.
ވެލާނާގޭ ޢިމާރާތް ފަރުމާ ކޮށްފައި ވަނީ، ވެހިކަލް ޕާކް ކުރުމަށްޓަކައި ނުވަ ފޫޓް އުސް ބޭސްމަންޓަކާ އެކު އެވެ.
ޢިމާރާތުގެ ޢަމަލީ މަސައްކަތްތައް ކުރީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުންނެވެ. މަސައްކަތް ނިމުނީ 14 ޖުލައި 2010 ގަ އެވެ. ހުޅުވީ 26 ޖުލައި 2010ގަ އެވެ.