ރާއްޖޭގެ މައި އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް އަލީ ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެ މަގާމުން މި މަހުގެ 15ގައި އިސްތިއުފާ ދެއްވާނެ ކަމަށެވެ. އެއަށް ފަހު ކުންފުނީގެ ހިންގުމާ ހަވާލުވެ ވަޑައިގަންނަ ވާނީ މޫސާ ސޯލިހުކަމަށް ޓްވީޓުގައިވެ އެވެ.

މޫސާ ސޯލިހަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޮޑުބޭބެއެކެ އެވެ.

އެމްއޭސީއެލްގެ އެމްޑީގެ މަގާމުން އާދިލް އިސްތިއުފާ ދެއްވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީ އަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަަމުންނެވެ.