27 Nov 2018, 09:57
މުސްތަގްބަލްގައި އާއިލީ ފިލްމެއް ހަދަން ބޭނުންވާކަމަށް ދިވެހި ފިލްމު އިންޑަސްޓްރީ ސްކްރީން މަންމަ މަރިޔަމް ހަލީމް ބުނެފިއެވެ.
ސަން އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ފިލްމީތަރި ރަވީގެ މަންމަ މަރިޔަމް ބުނީ ކޮންމެވެސް ދުވަހަކުން އާއިލީ ފިލްމެއް ހަދަން ބޭނުންވާ ކަމަށާއި އެ މަސައްކަތްކުރާނެ ކަމަށެވެ.
"ރަވީގެ ބައްޕަވެސް ވަރަށް ބޭނުންވޭ އާއިލީ ފިލްމެއް ހަދަން. ރަވީ އާ ވެސް އެކަހަލަ ވާހަކަތަކެއް ދެކެވިފައި ހުންނާނީ. އަސްލު ފިލްމެއް އަމިއްލައަށް ހެދުމަކީ ވަރަށް ފައިސާ ބޭނުންވާނެ ކަމެއް. އެހެންވެ މަޑުކޮށްލައިގެން މިތިބީ،"
އެ އާއިލާގައި މަރިޔަމް ހަލީމުގެ އިތުރުން އޭނާގެ ފިރިމީހާ އަލީ ފާރޫގު އަކީ ވެސް ދިވެހި ފިލްމު އިންޑަސްޓްރީގައި ފުންނާބުއުސް މީހެކެވެ. އަދި އެދެމީހުންގެ ދަރިން ރަވީ ފާރޫގު އަދި ހަމްދާން ފާރޫގު އަކީ ވެސް މިދާއިރާގައި މަސައްކަތްކުރަމުން އަންނަ ހުނަރުވެރިންނެވެ.
ފިލްމު "ލައިލާ"އިން ފިލްމީދާއިރާއަށް ތައާރަފްވި މަރިޔަމް ހަލީމް އަކީ މިއަދުވެސް ފިލްމީދާއިރާގައި އުހުގައި ފިޔަޖަހަމުން އަންނަ ތަރިއެކެވެ. މަރިޔަމްގެ އިތުރުން ފާރޫގުގެ ވެސް ގިނަ ޑްރާމާތަކަކާއި ފިލްމުތަކުން ފެނިގެންގޮއްސައެވެ.
ފާރޫގު ފެނިގެން ގޮސްފައިވާ ބައެއް ފިލްމުތަކަކީ "ލަވް 90"، "އަނިޔާ" އަދި "4426" އެވެ. މަރިޔަމް ކުޅެފައިވާ ބައެއް ޑްރާމާތަކުގެ ތެރޭގައި "އުމުރަށް ސަލާމް" އަދި "އަދިވެސް އެ ލޯތްބަށް
އެދެތަރިން ވެސް އުންމީދަކީ ކޮންމެވެސް ދުވަހަކުން އާއިލާއެއްކޮށް ފިލްމެއްގައި ހަރަކާތްތެރިވުމެވެ.