އިނގިރޭސިވިލާތުގެ ކެރިޔާ އީއީ އިން މިވަނީ އެގައުމުގެ ރައްޔިތުންނަށް އުފާވެރި ހަބަރެއް ދީފައެވެ. ނެކްސްޓް ޖެނެރޭޝަން އިންޓަނެޓު، 5ޖީ ތަޖުރިބާ ކުރުމުގެ ފުރުސަތު އިނގިރޭސިވިލާތުގެ 16 ސިޓީ އަކަށް އަންނަ އަހަރު ލިބޭނެއެވެ.

މި ޕްރޮޖެކްޓު ފަށާނީ ބެލްފާސްޓު، ލަންޑަން، އެޑިންބާގް އަދި ކާޑިފް އިންނެވެ. މެންޗެސްޓާ އާއި ބްރިންހަމް އަށްވެސް އަންނަ އަހަރުގެ ތެރޭގައި 5ޖީ ނެޓްވޯކު ދޫކުރާނެއެވެ.

އަންނަ އަހަރު 5ޖީ މޯބަލް ފޯނުތައް ތައާރަފު ކުރާއިރު 5ޖީ ސްޕީޑުގައި އިންޓަނެޓު ތަޖުރިބާ ކުރުމުގެ ފުރުސަތު ދޭން ނިންމާފައިވަނީ މި ސިޓީތަކުގައި އާންމުކޮށް މީހުން ގޮސްއުޅޭ ސަރަހައްދުތަކުގައެވެ.

ފުރަތަމަ ފިޔަވައްސަށް ފަހު އަންނަ އަހަރު އިތުރު ސިޓީތަކުގައި 5ޖީގެ ހިދުމަތް ދޭން ފަށާނެއެވެ. ޖުމްލަ 16 ސިޓީއެއްގެ ސެލް ޓްރެފިކް އަޕްގްރޭޑުކޮށް 5ޖީ ނެޓްވޯކު ދޭނެ ކަމަށް އީއީ އިން ވަނީ ބުނެފައެވެ.

މިހާރު ބޭނުންކުރާ ފޯނުތަކުގައ5 ޖީ ނެޓްވޯކު ބޭނުންކުރުމަށް ހާޢްސަ މޮޑެމްއެއް ބޭނުންވާނެއެވެ. 5ޖީ ފޯނު ބާޒާރަށް ނެރުމަށް ފޯނު އުފައްދާ ގިނަ ކުންފުނިތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.