ބޮލީވުޑްގެ ދެ ޖޯޑު އާލިއާ ބަޓް އަދި ރަންބީރު ކަޕޫރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު "ބުރައްމަސްތުރާ" ރިލީޒްކުރުން ފަސްކޮށްފި އެވެ.

މި ފިލްމު ކުރިން ރިލީޒްކުރަން ނިންމީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ 15 ގަ އެވެ.

ބޮލީވުޑްގެ ޑައިރެކްޓަރު، ޕްރޮޑިއުސަރު ކަރަން ޖޯހަރު ކުރި ޓްވީޓެއްގައި ބުނީ ފިލްމު އަންނަ އަހަރުގެ ކްރިސްމަސް ދުވަހު ގެނެސްދޭން ނިންމާފައިވާ ކަމަށެވެ. އެއީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅެެވެ.

އަޔާން މުކަރްޖީ ޑައިރެކްޓްކުރާ އެ ފިލްމުގެ ގިނަ މަންޒަރުތައް ބަލްގޭރިއާގައި ނެގުމަށް ހަމަޖެހިފައިވާއިރު އެ ފިލްމަކީ ތިން ފިލްމުގެ ސީރީޒްއެއްގެ ގޮތުގައި އުފައްދާ ފިލްމެކެވެ.

އަދި މި ފިލްމަކީ ދަރުމާ ޕްރޮޑަކްޝަނުން މިހާތަނަށް ހެދި އެންމެ އަގުބޮޑު ފިލްމު ވެސް މެއެވެ. "ބުރައްމަސްތުރާ" އަކީ ފެންޓަސީ، އެޑްވެންޗާ ފިލްމެކެވެ. ބުރައްމަޝްތުރާ" އަކީ ބެލުންތެރިންނަށް ކަމުދާ އަދި ގިނަ ބައެއްގެ ތައުރީފު ލިބޭނެ ފިލްމަކަށްވާނެ ކަމަށް ފިލްމުގެ ޓީމުން ބުނެ އެވެ.